ކުޑަކުދިންނާއި ޒުވާނުން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ކުޑަކުދިންނާއި ޒުވާނުން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ލިޔުން:
ދިވެހި ބަސް ދިރުވާ އަލާކުރުމަށްޓަކާ ކުޑަކުދިންނާއި ޒުވާނުން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.
އެމަނިކުފާނު އެކަމަށް އިލްތިމާސްކުރެއްވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
[embed]https://twitter.com/ibusolih/status/1677509886656262145[/embed]
އޭގެ އިތުރުން ދިވެހި ބަސް ދިރުވާ އަލާކުރުމަށްޓަކާ ދިވެހިބަހުގެ ލިޔުންތައް އިތުރުކޮށްދިނުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަދި ރައީސްގެ ޓްވީޓްގައި ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ވަނީ އަރިސްކޮށްފައެވެ.
ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
