ކިނބުލޭ ބުނީމާ އެންމެ ފުރަތަމަވެސް ސިފަ ވަނީ މާލޭ ކުޑަކުދިންގެ ބަގީޗާގައި އެތައް ދުވަހެއް ވަންދެން ކޮށްޓަކަށްލާފައި އޮތް ކިނބޫމަތިންނެވެ. 2015 ވަނަ އަހަރު މެއި މަހު ކިނބޫ ގެއްލުނު ފަހުން 8 އަހަރު ފާއިތުވެގެން ދިޔައިރުވެސް ބަގީޗާ ފެނުމުން އެންމެ ފުރަތަމަ ސިފަ ވަނީ ކިނބުލެވެ. ކިނބުލާ ބެހޭ ގޮތުން އޭރު ސުވާލުކުރުން ސިފައިން ބުނީ އެ ކިނބޫ ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ.
"ކިނބޫ އޮތީ ރައްކާތެރިކަމާ އެކު ސިފައިންގެ ބެލުމުގެ ދަށުގައި،" ސިފައިންގެ މީޑިއާ އޮފިޝަލް 2015 ވަނަ އަހަރު މެއި މަހުގެ 12 ވަނަ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް ފަހުން އެއްވެސް ސުވާލަކަށް ސިފައިން ޖަވާބެއް ނުދިނެވެ. ކިނބޫ ގެންދިޔަ ތަނެއް، ކިބުލައް ވީގޮއްވެސް ބުނެ ނުދެވުނެވެ. އެ ސުވާލުތައް ކުރަމުން އަންނަތާ 4 އަހަރު ފަހުން އެމްއެންޑީއެފުން ބުނީ ކިނބުލަށް ވީގޮތް ބަލާނެ ކަމަށެވެ.
"މިއީ އިންޓާނަލް ކަމެއް ކަމަށްވާތީ އަޅުގަނޑުމެން މިކަން ބަލާނަން. ބަލާފައި އަޅުގަނޑުމެންނަށް އޭގެ ޖަވާބެއް މީޑިއާއަށް ދެވޭ ހިސާބަށް އާދެވުނީމަ އެ މައުލޫމާތު ފޯރުކޮށްދޭނަން،" ސިފައިންގެ ވައިސް ޗީފް 2019 ވަނަ އަހަރު ޖޫން 29 ވަނަ ދުވަހު ވިދާޅުވިއެވެ.
ކިނބުލަށް ވީގޮތް އެކަން ހިނގިއިރު އެތާ ހުރި މީހަކުވަނީ ކިޔާދީފައެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އޮތް އުތުރު ތިލަފަޅުގައި ބަޑިޖަހާ ކިނބޫ މަރާލިކަމާއި އުތުރު ތިލަފަޅުގެ މިސްކިތު އުރުތު ފަރާތަކުގައި ކިނބޫ ވަޅުލާފައިކަމަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ. މިވާހަކަތަކަށް ބާރުދޭ ގޮތަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްވެސް ކުރިން ވަނީ މައުލޫމާތު އާންމުކުރައްވާފައެވެ.
ކިނބޫ މަރާލީ ކުރީގެ ރައީސް ޔާމީން ހާމުދުރުން ބުނެގެން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލީ ކަމަަށް އަދީބު އޭރު ވިދާޅުވިއެވެ. ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ.