މާލެ: 31°C

ކުޑަކުދިން ލައްވާ ނުކުރެވޭ މަސައްކަތްތަކުގެ ލިސްޓް ކުޑަކޮށް ގަވައިދު ބަދަލުކޮށްފި

January 25, 2023
2 ފަހަރު ބަލާފައި
ކުޑަކުދިން ލައްވާ ނުކުރެވޭ މަސައްކަތްތަކުގެ ލިސްޓް ކުޑަކޮށް ގަވައިދު ބަދަލުކޮށްފި
ކުޑަކުދިން ލައްވާ ނުކުރެވޭ މަސައްކަތްތަކުގެ ލިސްޓް ކުޑަކޮށް ގަވައިދު ބަދަލުކޮށްފި
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަވައިދުގައި، ކުދިން ލައްވާ ކުރުވުން މަނާކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓު ކުޑަކޮށް އެ ގަވައިދު އިސްލާހުކޮށްފި އެވެ. ސަރަކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރި އިސްލާހުގައި ބަދަލުކޮށްފައި އޮތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަަވައިދުގެ 10 ވަނަ މާއްދާ އެވެ. އެއީ ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާ ކުރިން އޮތް ގޮތުން، ކުޑަކުދިން ބައިވެރިކުރުން މަނާ 17 ބާވަތެއްގެ މަސައްކަތް އޮވެ އެވެ. އެކަމަކު އިއްޔެ ޝާއިއުކުރި އިސްލާހުގައި އޮތީ ހަތް ބާވަތެއްގެ މަސައްކަތްތަކެވެ. ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް
  1. ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް.
  2. ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައް
  3. ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް.
  4. ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް.
  5. ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް
  6. ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް
  7. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް.
އިއްޔެ ޝާއިއުކުރި އިސްލާހުގައިވާ ގޮތުން މި މަސައްކަތްތަކަކީ ތައުލީމާއި ތަމްރީނު ދިނުމުގައި ކަމަށް ވިޔަސް އަދި އާއިލާން ކުރާ މަސައްކަތަކުގައި ބައިވެރިކުރުމުގެ ގޮތުން ނަމަވެސް ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތްތަކެވެ. ގަވައިދު ކުރިން އޮތް ގޮތުން މިއަދު ޝާްއިއުކުރި އިސްލާހުގައިވާ މަސައްކަތްތަކުގެ އިތުުުރުން ވަރަށް އާދައިގެ އެތައް މަސައްކަތްތަކެއް ކުރުވުން ވެސް އޮތީ މަނާކަމެއްގެ ގޮތުގަ އެވެ. ކުޑަކުދިން ލައްވާ ކުރުވުން ކުރިން މަނާ ބައެއް މަސައްކަތްތައް
  • ދަތުރުފަތުރު ކުރުުމުގެ އަމަލީ އެއްވެސް މަސައްކަތެއް
  • އެއާކޮންޑިޝަން މަރާމާތުކުރުމާއި ސާވިސްކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތައް
  • ކުނި މެނޭޖްކުރުމާއި ކުނި ނައްތައިލުމުގެ މަސައްކަތްތައް
  • ބަނދަރެއްގައި ކުރާ އެންމެހާ މަސައްކަތްތައް
  • ފުޑް ޕްރޮސެސިންގެ ހުރިހާ މަަސައްކަތްތަކެއް
  • ދިރޭ އެއްޗެއް ގެންގުޅެ އާލާކުރުމުގެ މަސައްކަތް
  • ޓޫރިޒަމްގެ އެކޮމޮޑޭޝަން ބެލެހެއްޓުމާއި ޓޫރިސްޓުންނަށް ކޭޓާކުރުމުމާއި ސްވެނިއާ ވިއްކުން ފަދަ ޓޫރިޒަމާ ގުޅޭ މަސައްކަތްތައް
އެ ގަވއިދު ކުރިން އޮތް ގޮތުން ރާއްޖޭގެ އާއްމު މަސައްކަތްތަކުގެ ތެރެެއިން ގިނަ މަސައްކަތްތަކަށް ކުދިން ތަމްރީނުކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުއްޓެވެ. މިއަދު ޝާއިރު ކުރި އިސްލާހާ އެކު އެކަމަށް ހައްލު ލިބެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ