މާލެ: 31°C

ކުޑަކުދިން ހިމެނޭހެން 32 މީހުން ތިބި ދޯންޏެއް ކަނޑުމައްޗަށް ހުއްޓިއްޖެ

ކުޑަކުދިން ހިމެނޭހެން 32 މީހުން ތިބި ދޯންޏެއް ކަނޑުމައްޗަށް ހުއްޓިއްޖެ
July 4, 2023
2 ފަހަރު ބަލާފައި
ކުޑަކުދިން ހިމެނޭހެން 32 މީހުން ތިބި ދޯންޏެއް ކަނޑުމައްޗަށް ހުއްޓިއްޖެ

ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް އިން އެހީ ތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ފަހި ރޯދި" ނަމަކަށް ކިޔާ މި ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:00 ކަން ހާއިރު ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިގޮތުން ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، ރޭ 10:45 ހާއިރު އެމީހުން ވަނީ ހުޅުމާލެއަށް ގެން ގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައެވެ.

އެ ދޯނިން ދަތުރުކުރި އެންމެންގެ ހާލު  ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ