
ކުޑަކުއްޖެއްގެ ކަންފަތް މަތީގައި ޖެހި ފުލުހަކު ޖޫރިމަނާ ކޮށްފި
ކުޑަކުއްޖެއްގެ ކަންފަތް މަތީގައި ޖެހި ފުލުހަކު ޖޫރިމަނާ ކޮށްފި
ލިޔުން:
ކުޑަކުއްޖެއްގެ ކަންފަތް މަތީގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އައްޑޫ ފޭދޫގައި އޮގަސްޓް 2016 ގައި މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ކަންމަށިމަތީގައި ޖެހި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ހިތަދު އަށް އުފަން ފުލުހެއްގެ މައްޗަށެވެ.
މި މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ފުލުހަކީ، ލ. ހިތަދޫ / ޕޫނަމް، ނަޝީދު މުހައްމަދު ނަމަކަށް ކިޔާ ފުލުހެކެވެ.
ސ. ފޭދޫ އޯކިޑު މަގުގައި ހުންނަ މުލައްޑޫ ގަރާޖު ކައިރިން އަހުމަދު ސާޖީ ސައީދު ނަމަކަށް ކިޔާ މި ކުއްޖާ ހިނގާފައި ދަނިކޮށް ނަޝީދު އޭނާއަށް ގޮވައި ކައިރިއަށް ގެންގޮސް މޫނުގެ ވާތް ފަރާތުގެ ކަންފަތް މަތީގައި ޖެހުމުން ސާޖީއަށް އަނިޔާވެފައި ވާކަމަށް، ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު 30 ގައެވެ.
ނަޝީދު ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އެކުށް ކުރިކަން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، ސާޖީގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހާއި، މެޑިކަލް ރިޕޯޓާއި، ހެކީގެ ގޮތުގާ ހުށަހެޅި ލިޔެކިޔުން ދިމާވާތީ ކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ވަނީ ނިންމަވާފަ އެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަ ހުކުމް ކުރުމެވެ. އެހެން ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދޭން ނަޝީދު އެދުމުން، ނަޝީދަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީ އާއި އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވުމުގެ އިތުރުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާތީ އެގޮތަށް ކޯޓުން ނިންމި އެވެ.
އެހެން ކަމުން ކަނޑައެޅުނު ޖަލު ހުކުމް ޖޫރިމަނާ އަކަށް ބަދަލުކޮށ،ް 18000 ރުފިޔާއިން ޖޫރިމަނާ ކޮށް އެފައިސާ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ހަލާސްކުރުމަށް ނަޝީދުގެ މައްޗަށް ވަނީ ހުކުމުގައި އަންގާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
