ކުޑަކުއްޖެއް ގައިގަ އަލިފާންޖެހި ފިހިގެން އަނިޔާވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފިހިގެން އަނިޔާވެފައި ވަނީ 13 އަހަރު ފިރިހެން ކުއްޖަކަށް ކަމަށާއި، އެ ކުއްޖާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށެވެ.
13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އެކަމުގެ މައުލޫމާތު ހޯދައި، އެ މައްސަލަ ޖެނުއަރީ 23، 2025 ވަނަ ދުވަހު ތަހުގީގު ކުރަން ފަށާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.







