
ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭއެއްޗެއްގެ ބައެއް ނަގައިފި
ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭއެއްޗެއްގެ ބައެއް ނަގައިފި
ލިޔުން:
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.
އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިމަހު އައިޖީއެމްއެޗުގެ ނެޝަނަލް ސެންޓާ ފޯ ރެސްޕިރޭޓަރީ މެޑިސިން ޓީމުން އެ އޮޕަރޭޝަން ކުރިކަން ހާމަކޮށްފައެވެ.
އެ ކުއްޖާގެ ކަނާތު ފުއްޕާމޭގައި ތާށި ވެފައިވަނީ ކުޅޭ އެއްޗެއްގެ އަޑުގޮވާ ކަށިގަނޑެވެ. އެކަން ހިނގާފައިވަނީ ކުޅެން އުޅުމުގެ ތެރެއިން، އަޑުގޮވާ ބައި ނަގައިގެން އަނގަޔަށް ލައިގެން އުޅެނިކޮށް ދިރިގެން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އޭނާގެ ކޮއްކޮއަށް ދައްކައި، އިމްޕްރެސް ކުރަން އަޑުގޮވާ ބައި ދެ ތުންފަތް ދޭތެރެއަށް ލައިގެން އުޅެނިކޮށް ދިރުނީ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.
https://twitter.com/Moxamedalu/status/1681871379040468992?s=20
ޑޮކްޓަރު ވިދާޅުވީ އަނގަތެރެއަށާއި ދެ ތުންފަތް މައްޗަށް މިކަހަލަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އާއްމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ކުއްޖާގެ ފުއްޕާމެއިން ނެގި އެތިކޮޅުގެ ދިގު މިނުގައި ތިން ސެންޓިމީޓަރު ހުއްޓެވެ.
އެ ސާޖަރީކުރުމަށް އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޓީމަށް، ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާ އަދި އޯޓީ ސްޓާފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
