މާލެ: 31°C
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލައިފި

July 17, 2023
2 ފަހަރު ބަލާފައި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. ނިޝާން އިބްރާހީމް، ދުންފިނިގެ/ ބ. ތުޅާދޫގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާއެވެ. މިއީ 2019 ވަނަ އަހަރުގެ އެކި ދުވަސް މަތިން ކުއްޖާ އުޅޭ ގެއަށް ގޮސް އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އެ ކުއްޖާގެ ގައިގައި އަތްލާފައިވާތީ ކުރި ދައުވާއެކެވެ. ދައުލަތުން ނިޝާންގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އޭނާ އިންކާރުކޮށްފައިވުމުން ކޯޓުން މިއަދު ނިންމީ މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލި ކޮންމެ ދައުވާއަކަށް 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި، ޖުމްލަ 28 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ