މާލެ: 31°C
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލައިފި

February 27, 2024
4 ފަހަރު ބަލާފައި
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލައިފި
ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކުރި ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށް ވަނީ އެ މައްސަލާގައި ތިން ދައުވާއެއް އުފުލާފައެވެ. އެގޮތުން، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މައިގަނޑު ދައުވާ އަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުންމުގެ ދައުވާއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ. އޭގެ އިތުރުން އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާ ވެސް ސާބިތުވެފައިވާއިރު، އޭނާ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޒާހިންގެ މައްޗަށް އުފުލި ތިން ވަނަ ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. އެހެންކަމުން، އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުގެ ޖުމްލަ މުއްދަތަކީ 18 އަހަރާއި 1 މަހާއި 6 ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ