
ކުޑަ އަގެއް ދައްކައިގެން ރިސޯޓްގެ ސަރަހައްދު ބޮޑުކުރެވޭ ގަވައިދެއް!
ކުޑަ އަގެއް ދައްކައިގެން ރިސޯޓްގެ ސަރަހައްދު ބޮޑުކުރެވޭ ގަވައިދެއް!
ލިޔުން:
ދައުލަތަށް ނިސްބަތުން ކުޑަ އަގެއް ދައްްކާފައި ރިސޯޓްގެ ފަޅުގެ ސަރަހައްދު ބޮޑުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވައިދެއް ހަދައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ގަވައިދުގައިވާ ގޮތުން ރިސޯޓެއް ހިންގަން ދޫކޮށްފައިވާ ރަށެއްގެ ފަޅުގައި، ހިކި ދިޔައިގައި އެ ރަށެއްގެ ހިކިފަސްތަނުން ފެށިގެން ފަރުގެ ބޭރު ކައިރިއާ ހަމައަށް 500 މީޓަރަށް ވުރެ އިތުރަށް ޖާގަ އޮންނަ ނަމަ ރިސޯޓްގެ ފަޅުގެ ސަރަހައްދަކީ 500 މީޓަރެވެ. އެކަމަކު އެއަށް ވުރެ އިތުރަށް 500 މީޓަރު ހަމަވާ ސަރަހައްދެއް އެ ފަޅެއްގައި އޮވެއްޖެ ނަމަ ރިސޯޓްގެ ފަޅުގެ ސަރަހައްދަށް އެބައި އިތުރުކުރެވިދާނެ ކަމަށް އެ ގަވައިދުގައި ވެ އެވެ.
އެގޮތަށް ސަރަހައްދު އިތުރުކުރާ އިރު، އެ ގަވައިދުގައިވާ ގޮތުން، ދައުލަތަށް ދައްކަން ޖެހެނީ އެންމެ 100،000 (އެއްލައްކަ) އެމެރިކާ ޑޮލަރެވެ. ގަަވައިދުގައިވާ ގޮތުން އެހާ ކުޑަ އަގެއް ދީފައި ރިސޯޓްގެ ފަޅަށް އިތުރުކުރާ ބަޔަކީ ހިއްކައިގެން ނުވަތަ މޫދު ކޮޓަރި އަޅައިގެން ބޭނުންކުރެވިދާނެ ސަރަހައްދެކެވެ. އެފަދަ ކަމަކަށް ބޭނުންނުކުރެވޭނީ އިތުރުކުރާ ފަޅުގެ ސަރަހައްދު ނިމޭ ހިސާބުން ރަށާވީ ފަރާތަށް އެންމެ 50 މީޓަރުގެ ސަރަހައްދެވެ. މީގެ މާނައަކީ ދައުލަތަށް އެންމެ އެއްލައްކަ ޑޮލަރު ދީފައި ރިސޯޓްގެ ފަޅަށް އިތުރުކުރާ 500 މީޓަރުގެ ސަރަހައްދުގެ ތެރެއިން 450 މީޓަރުގެ ފުޅާ ސަރަހައްދު، ހިއްކައިގެން ނުވަތަ މޫދު ކޮޓަރި އަޅައިގެން ރިސޯޓަށް އާމްދަނީ ހޯދަން ބޭނުން ކުރެވުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ އާ ގަވައިދުގައި ބުނެފައިވާ ގޮތުން އެ ގަވައިދަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވައިދެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
