މާލެ: 31°C

ކްރިކްރިޒާ ބަލިވެއުޅޭތީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި

ކްރިކްރިޒާ ބަލިވެއުޅޭތީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި
July 2, 2023
2 ފަހަރު ބަލާފައި
ކްރިކްރިޒާ ބަލިވެއުޅޭތީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއަޑުއެހުން އަނެއްކާ ވެސް ކެންސަލް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ހެނދުނު 9:00 އަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރީ އެ މައްސަލާގައި ރައީސް ޔާމީނާ އެކު ދައުވާ ލިބޭ މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ކަމަށެވެ. މި މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުންތައްވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވަނީ ކްރިކް ރިޒާ ބަލިވެ އުޅުމުންނެވެ. ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާ ވަނީ އުފުލާފައެވެ. އެގޮތުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާއިރު، ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ. މި ހުރިހާ ދައުވާއެއްވެސް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އެކުއެކީގައި އެއް މަޖިލީހެއްގައެވެ. ފުއްގިރި މައްސަލައިގައި ކޯޓުގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތު ގެ އިތުރުން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ. މިއަދުގެ އަޑު އެހުން ކެންސަލް ކޮށްފައިވާ އިރު، ރައީސް ޔާމީންގެ ޝަރީއަތްތަށް އީދު ބަންދު ފަހުން ކްރިމިނަލް ކޯޓުގައި ތާވަލުުކޮށްފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 4، 6، 9، 11 އަދި 13 ވަނަ ދުވަހަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ