މާލެ: 31°C

ކްރިކް ރިޒާ ބަލިވެ އުޅޭތީ ރައީސް ޔާމީންގެ ޝަރީއަށް ކެންސަލްވާތާ 4 ދުވަސް

ކްރިކް ރިޒާ ބަލިވެ އުޅޭތީ ރައީސް ޔާމީންގެ ޝަރީއަށް ކެންސަލްވާތާ 4 ދުވަސް
July 4, 2023
2 ފަހަރު ބަލާފައި
ކްރިކް ރިޒާ ބަލިވެ އުޅޭތީ ރައީސް ޔާމީންގެ ޝަރީއަށް ކެންސަލްވާތާ 4 ދުވަސް
ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ. މިއީ މިމައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ކެންސަލް ކުރިތާ ހަތަރު ވަނަ ދުވަހެވެ. މިއަދަށް ތާވަލު ކޮށްފައިވާ އަޑުއެހުން ވެސް ކެންސަލްކުރީ އެ މައްސަލާގައި ރައީސް ޔާމީނާ އެކު ދައުވާ ލިބޭ މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. މި މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުންތައްވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވަނީ ކްރިކް ރިޒާ ބަލިވެ އުޅުމުންނެވެ. ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެ އެވެ. އެމައްސަލައިގެ ގިނަ އަޑުއެހުންތަކެއް ގާތްގާތުގައި ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފައެވެ. އަންނަ ބުރާސްފަތި ދުވަހުގެ އިތުރުން މިމަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައި އެބައޮތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ