
ކޮތަޅުން އަގުނަގަނީ ދައުލަތަށް އާމްދަނީ ހޯދާކަށްނޫން: ޝައުނާ
ކޮތަޅުން އަގުނަގަނީ ދައުލަތަށް އާމްދަނީ ހޯދާކަށްނޫން: ޝައުނާ
ލިޔުން:
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ދަޢުލަތަށް ޢާމްދަނީއެއް ހޯދުމަށް ނޫންކަމަށާއި، ކޮތަޅު ބޭނުންކުރާ ނިސްބަތް ދަށްވުމުން އެ ޢާމްދަނީ ސުމަކަށްދާނެކަމަށް އެންވަޔަރަމަންޓް މިނިސްތްރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ މިހެން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން ބޮޑުވެފައިވާ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގެ ތެރެއިން ޓްވީޓެއްގައެވެ.
[embed]https://twitter.com/anuahsa/status/1650124864953659392[/embed]
މިނިސްތަރު ޝައުނާ ވިދާޅުވީ، ކޮތަޅުން އަގުނަގަން ފެށީ ކޮތަޅު ބޭނުންކުރުން ހުއްޓުވާ، އެނޫންގޮތެއް ހޯދުމުގެ ބޭނުމުގައިކަމަށެވެ. އަދި މިނިސްތަރު ވަނީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ވެސް ޓްވީޓްތަކެއް ކުރައްވާފައެވެ.
ޝައުނާ ވިދަޅުވީ އެއްވެސް މީހަކު އާ ޓެކްސްއެއް ދައްކަން ބޭނުން ނުވާނެ ކަމަށާއި އެހެން ނަމަވެސް ޕްލާސްޓިކުން ލިބޭ ގެއްލުން ހުއްޓުވަން ޖެހޭކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
