މާލެ: 31°C

ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

February 9, 2025
1753 ފަހަރު ބަލާފައި
ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފަ ދަނޑުކައިރީ ރޭ 11:35 ހާއިރު ހިނގި މާރާމާރީ އަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ ފިޔޯރީ ހީނާމާގޭ، އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް، އާއި ބ. ގޮއިދޫ ޒުވާނެއް ކަމުގައިވާ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލް އެވެ.

އެ 2 މީހުން ހައްޔަރުކޮށްފައިވަނީ ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މާލެ އަށް ދަނިކޮށް ބްރިޖް ހައިވޭ މަތިން ކަމަށާއި، އެ މީހުން އަތުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ