
ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި
ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި
ލިޔުން:
މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގެ މަސްވެރިން މިއަދު މުޒާހަރާކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާތަކަށް އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރާ މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ކޫއްޑޫއަށް ކިރި މަހަށް ފައިސާ ނުދޭތާ ތިން މަސްދުވަހަށް ވުރެ ގިނަވެފައިވުމެވެ.
އެގޮތުން، މިދިޔަ ހަފްތާ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭން ޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން ނުދެވި އެބަ އޮތް ކަމަށެވެ. އަދި އެ ފައިސާ ދިނުމަށް ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑާއިގެންނެވިއިރުވެސް 250 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ވާރުވެފަ އޮތީ." ޝިޔާމް ވިދާޅުވެފައިވެއެވެ.
ޝިޔާމް ވިދާޅުވީ އެ އުނދަގުލުން އަރައިނުގަނެވޭ ކަމަށާއި ނަމަވެސް މާ ލަސްތަކެއް ނުވެ އެ އުދަނގުލުން އަރައިގަނެވޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް ފިލުވައިލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
