
ކޮނުމުގެ ތެރޭ ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
ކޮނުމުގެ ތެރޭ ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
ލިޔުން:
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.
ނަމަވެސް މިވަގުތު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތައަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ސްޓެލްކޯ އިން ބުނީ ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް ނުދެވި ހުރި ސަރަހައްދުތަކަށް ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.
އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
