މާލެ: 31°C
ކޮނޑޭ ކައުންސިލުން ކުއްވެރިންގެ ވަނަވަރު އާންމުކުރަން ނިންމައިފި

ކޮނޑޭ ކައުންސިލުން ކުއްވެރިންގެ ވަނަވަރު އާންމުކުރަން ނިންމައިފި

January 21, 2024
3 ފަހަރު ބަލާފައި
ކޮނޑޭ ކައުންސިލުން ކުއްވެރިންގެ ވަނަވަރު އާންމުކުރަން ނިންމައިފި
ގއ. ކޮނޑޭ ގައި ގަވާއިދާ ހިލާފަށް ކުށްކުރާ ކުށްވެރިންގެ ވަނަވަރު އާންމުކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. މިކަން ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ ކޮނޑޭ ކައުންސިލުން ގެޒެޓް ކުރި އިސްލާހެއްގައެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުން ގަވާއިދުތަކާ ހިލާފުވާ މީހަކަށް ފުރަތަމަ ނޯޓިސް ފޮނުވައި ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ފިޔަވަޅުތަކަށް އިސްލާހު ނުގެނެސްފި ނަމަ އެ ކުށްކުރި މީހެއްގެ ވަނަ ވަރުގެ އިތުރުން ކުރި ކުށްވެސް ހާމަކުރާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. އެ ރަށު ކައުންސިލުން ބުނީ މިގޮތަށް އިސްލާހެއް ނެރެން ޖެހުނު ސަބަބަކީ މަގުމަތި ކުނި ކެހުމާއި ފުރާޅުން އަންނަ ފެން ހިންދުމާއި އާންމު ތަންތަނަށް ކުނި ނޭޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކަށް އަމަލު ނުކުރުން އާންމުވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން އެ ކައުންސިލުން ބުނީ އެގޮތަށް އާންމުކުރީ ފިޔަވަޅު އަޅާނެ ތަރުތީބެއް އާންމުންނަށް އެނގިފައި އޮތުން ވެސް މުހިންމު ކަމަށް ފެންނާތީ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ