"...ދުނިޔަވީ މިފަދަ ކާރިސާތަކަކީ ކަނޑައެޅިގެން ﷲގެ ކޯފާ ކަމަށް ބުނެ ބައެއް މީހުން ވާހަަކަ ދައްކަ އެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމަށް އަހަރެމެންނަށް ކަނޑަނޭޅޭނެ ކަމަށް އިލްމުވެރިން ބަޔާންކުރައްވާފައި ވެ އެވެ. އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ބައެއް ހާލަތްތަކުގައި މިފަދަ ކާރިސާތައް ރަހުމަތެއް ކަމުގައި ވެ ދެ އެވެ،" އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ މިސްކިތްތަކަށް ފޮނުވި ހުތުބާގައި ވެ އެވެ.އިލްމުވެރިންނާ ހަވާލާދީ ހުތުބާގައި ކީ ގޮތުގައި އެފަދަ ބައެެއް ކާރިސާތަކުގައި މަރުވާ ބައެއް މީހުންނަކީ އެތައް މުސީބާތެއްގެ ތެރެއިން މިންޖުވެ، ޝަހީދެއްގެ ދަރަޖަ ލިބޭ ބައެކެވެ. އަނެއް ބަޔަކަށް އެކަން ވާނީ ކުރެވިފައިވާ ފާފައިގެ ކައްފާރާއަކަށެވެ. "...އެހެނީ މުއުމިނު އަޅާއަށް ދުނިޔޭގައި ކިތަންމެ ކުޑަ ގެއްލުމެއް ވިޔަސް އެއީ އޭގެ ސަބަބުން އޭނާގެ ދަަރަޖަ މަތިވެރިކުރައްވައި، އޭނާގެ ފާފަތައް ފޮހެވިގެން ހިނގައިދާނެ ކަމެކެވެ،" ހުތުބާގައި ވެ އެވެ. އެފަދަ ކާރިސާތަކަކީ ދިރިތިބީންނަށް ހުރި އިމްތިހާނުތައް ކަމަށާއި ދިރިތިބީންނަށް ވާޖިބުވެގެން ވަނީ އެ އިމްތިހާނުތަކަށް ކެތްތެރިވެ، އެކަންކަމުން އިބްރަތް ހާސިލުކުރަން ކަމަށް ވެސް ހުތުބާގައި ވެ އެވެ. އެކަންކަމުން އިބްރަތް ހާސިލުކޮށް އަމަލުތައް އިސްލާހުކުރަން ޖެހޭ ކަމަށާއި ހައްގަށް ރުޖޫއަވާން ޖެހޭ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުންޏެވެ. ތުރުކީއަށާއި ސޫރިޔާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންނަށް ޝަހީދުންގެ ދަރަޖަދެއްވުން އެދި މިއަދުގެ ހުތުބާ ނިންމައިލަމުން ދުއާކުރި އެވެ. ބިންހެލުންތަކުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވެސް ހުތުބާގައި ހެޔޮދުއާ ކުރި އެވެ. މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ވާޖިބު ހަނދާންކޮށްދީ، ޚުތުބާގައި އެކަމަށް ނަސޭހަތްތެރި ވި އެވެ. ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން 38،000 އަށް ވުރެ ގިނަ މީހުންނަކީ ތުރުކީން މަރުވި މީހުންނެވެ.
ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމަށް ކަނޑައެއް ނޭޅޭނެ: ޚުތުބާ

ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމަށް ކަނޑައެއް ނޭޅޭނެ: ޚުތުބާ
ލިޔުން:
ބިންހެލުން ފަދަ ބޮޑެތި ކާރިސާތަކަކީ ކޯފާ ކަމަށް، އަމިއްލަ އަމިއްލައަށް ކަނޑަނޭޅުމަށް މިއަދުގެ ހުކުރުޚުތުބާގައި ނަސޭހަތްދީފި އެވެ.
މިމަހުގެ ހަވަ ދުވަހު ތުރުކީއަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގެ ވާހަކަ ބަޔާން ކުރުމާ އެކު މިއަދުގެ ހުތުބާގައި ބުނީ ދުނިޔަވީ އެފަދަ ކާރިސާތަކަކީ ކަނޑައެޅިގެން ﷲ ގެ ކޯފާ ކަމަށް ބުނެ ބައެއް މީހުން ވާހަކަދައްކާ ކަމަށާއި އެކަމަކު އެގޮތަށް ވާހަކަ ނުދައްކަން އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އެއީ އިމްތިހާނުތައް ކަމަށާއި އެކަން ކަމުގައި ލައްވާފައިވާ އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
