ކޮމަންޑޫން އެދުނު ގޮތަށް ކުޑަފަރީގައި އެއާޕޯޓެއް އަޅައި ދޭނަން: ރައީސް

ކޮމަންޑޫން އެދުނު ގޮތަށް ކުޑަފަރީގައި އެއާޕޯޓެއް އަޅައި ދޭނަން: ރައީސް
ލިޔުން:
ށ. ކޮމަންޑޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ށ. ކުޑަފަރީގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އުފާވެރި، އަމާން ރާއްޖެ" އަކަށް ޝިއާރުގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިއަދު ށ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރެއިން ކޮމަންޑޫގެ ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައެވެ.
ކޮމަންޑޫ ރައްޔިތުންގެ އެންމެ ބޮޑު ޑިމާންޑް އަކަށްވީ އެއާޕޯޓެއް އަޅައިނިނުން ކަމަށްވުމުން ރައީސް ވިދާޅުވީ 20 މިނެޓްގެ ދަތުރަކުން އެއާޕޯޓުން ރަށަށް އާދެވޭނެ ގޮތް ހަދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ކޮމަންޑޫ ހިމެނެނީ 20 މިނެޓުން ރަށަށް ނާދެވޭ ރަށްތަކުގެ ތެރޭގައި ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮމަންޑޫ ކައިރި ކުޑަފަރުގައި ތިބޭފުޅުން ވިދާޅުވާ ގޮތަށް އެއާޕޯޓެއް އަޅާނަން" ރައީސް ވިދާޅުވި އެވެ.
[embed]https://twitter.com/MDPSecretariat/status/1677921827388047364?s=20[/embed]
ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އަށް ވެފައިވާ ވައުދަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ މިހާރު އެ މަޝްރޫއަށް ބޭނުން ކުރާ ޑްރެޖަރު ވަނީ ހއ. އިހަވަންދޫ މިސްރާބު ޖަހައިފައި ކަމަށާއި އެ ރަށުގެ ބިން 7 ދުވަހާއި 9 ދަވހާއި ދެމެދު ހިއްކާ ނިމޭނެ ކަމަށެވެ. އެއަށްފަހު ޑްރެޖަރު ދަތުރު ކުރާނީ ކޮމަންޑޫ އަށް ކަމަށާއި މި މަހުގެ ފަހު 10 ގައި ޑްރެޖަރު އޮންނާނީ ކޮމަންޑޫގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޮގަސްޓް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލެވޭނެއެވެ.
ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ނިމުމަށްފަހު، އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކޮމަންޑޫ ސިއްހީ މަރުކަޒު ދެން ބަދަލުވެގެން ދާނީ 30 އެނދުގެ ހޮސްޕިޓަލަކަށް ކަމުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން އެދޭ ކަންކަން ކޮށްދޭން އިސްކަންދޭ އަދި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކީ ތަރައްގީ އާއި ކުރިއެރުން ހޯދައި ދޭން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
