މާލެ: 31°C

ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި މީހަކު މަރުވެއްޖެ

November 2, 2025
440 ފަހަރު ބަލާފައި
ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި މީހަކު މަރުވެއްޖެ އެވެ.

ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި މީހަކު މަރުވެއްޖެ އެވެ.

އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން މިއަދު 3:40 އެހާކަންހާއިރު ހިނގި މިހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މެރިން ޕޮލިހުން ބުނެއެެވެ. މީގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ މިހާރުވަނީ ނަގާފައި ކަމަށެވެ.

ކޮޅިވެއްޓި ބަންޑުން ޖަހާލައިގެން ދާދި ފަހުންވެސް ވަނީ ހިތާވެރި 2 ހާދިސާއެއް ހިނގާ ބައެއްގެ ފުރާނަވެސް ގެއްލިފައެވެ. މީގެތެރޭގައި ސިފައިންގެ ކުންފުނީގެ ކޮޅުވެއްޓިއެއ ބަންޑުން ޖަހާލައިގެން ސިފައިންގެ މީހަކު ނިޔާވިއިރު މިދިޔަމަހު ކޮޅުވެެއްޓިއެއް ބަނޑުން ޖަހާލައިގެން 3 މީހުންގެ ފުރާނަ ގެއްލުނުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ