
ކޮޅުފުށީގައި 1 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ
ކޮޅުފުށީގައި 1 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ
ލިޔުން:
މ. ކޮޅުފުށީގައި އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެރަށު ސިއްހީ މަރުކަަޒަށް ގެންދިޔަ އެއް އަހަރުގެ ފިރިހެން ކުއްޖަކު މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އުމުރުން 2 އަހަރު ނުފުރޭ ތުއްތު ފިރިހެން ކުއްޖާއަކީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކަަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އުމުރުފުރައިގެ އެހެން ކުއްޖަކާއި އެއްކޮށް އަތިރިމައްޗަށް އެކަނި ގޮސް ހުއްޓައެވެ. އެއީ ދެބައިންގެ ދެ ދަރިންނެވެ. ދެކުދިން ގެއްލިގެން ހޯދަމުން ދަނިކޮށް އެކުދިންގެ ކާފައަށް ކުދިން ފެނުނުއިރު އެއް އަހަރުގެ ކުއްޖާ އޮތީ ގެނބިފައެވެ. އަނެއް ކުއްޖާ ވެސް ހުރީ މޫދު ކައިރީ ތެމިފައެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.
ފަހަކަށް އައިސް ތުއްތު ކުދިން ގެނބިގެން މަރުވާ މައްސަލަ ގިނައެވެ. މިދިޔަ މަހު އައްޑޫގައި ކުއްޖަކު ގެނބިގެން މަރުވެފައިވާއިރު، ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ވެސް ވަނީ ތުއްތު ކުއްޖަކު މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
