ކޮޅުފުށީގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫއުތައްހިންގީ މިިސަރުކާރުން: ކައުންސިލް

ކޮޅުފުށީގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫއުތައްހިންގީ މިިސަރުކާރުން: ކައުންސިލް
ލިޔުން:
މ. ކޮޅުފުށީގައި އެއްފަހަރާ އެންމެ ގިނަ ތަރައްގީގެ މަޝްރޫތައް ހިންގާފައިވަނީ މިސަރުކާރުން ކަމަށް އެރަށު ކައުންސިލް އިން ބުނެފިއެވެ.
ގައުމީ އެބައިވަންތަކަމުގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮޅުފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެރަށު ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކޮޅުފުށީ ކައުންސިލަރުން ވިދާޅުވީ އެެރަށުގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަނީ މިސަރުކާރުން ކަމަށް ވާތީ ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެރަށަށް ބޭނުންވާ ތަރައްގީގެ އިތުރު ކަންކަން ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. އެ ރަށުގެ މަގުތައް ހެދުމާއި، ބޯޅަދަނޑު ޒަމާނީފެންވަރަށް ތަރައްގީ ކުރުމާއި، އަތޮޅު ވެރިކަން ކުރާރަށް މުއްޔަށް ފަޅުތެރެއިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުން ބޭނުންވާކަމަށް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި، ކައުންސިލްތަކާއި، އ.ތ.މ ކޮމީޓީތަކާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރަށްރަށުގެ ތަރައްގީގައި އެރަށެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެއްވުން ކަމަށެވެ. ސަރުކާރުން މިހާރު ކޮޅުފުށީގައި ހިންގަމުން ގެންދާ ތަރައްގީގެ ކަންކަމުގެ މައުލޫމާތު ކައުންސިލަރުންނަށް ރައީސް ދެއްވި އެވެ. ކޮޅުފުށީގައި ސަރުކާރުން އަޅަމުން އަންނަ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަވަހަށް ނިންމަން މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަންނަ އަހަރު ސަރުކާރުގެ ބަޖެޓުގައި ހިމަނާއިގެން ކޮޅުފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ކައުންސިލަރުންނަށް ރައީސް ދެއްވި އެވެ.
.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
