މާލެ: 31°C

ކޮޅިގަނޑެއްގައި ކުޑަހުވަދޫ ދެގެއެއްގެ ފުރާޅު އެއްލާލައިފި

ކޮޅިގަނޑެއްގައި ކުޑަހުވަދޫ ދެގެއެއްގެ ފުރާޅު އެއްލާލައިފި
May 15, 2023
2 ފަހަރު ބަލާފައި
ކޮޅިގަނޑެއްގައި ކުޑަހުވަދޫ ދެގެއެއްގެ ފުރާޅު އެއްލާލައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައި ކޮޅިގަނޑެއްގައި ދ.ކުޑަހުވަދޫގެ ދެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި އެވެ. އެމްއެންޑިއެފް އިން ބުނީ ދ.ކުޑަހުވަދޫ، އުނިމާގޭ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

އުނިމާގޭގެ ފުރާޅު ރޭ ދަންވަރުގެ ވަގުތެއްގައި ގަދަ ވަޔާއެކު އެއްލާލާފައިވާއިރު، ފުރާޅު އަލުން އެޅުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ގަދަ ވަޔާއެކު އުނިމާގެއާ ޖެހިގެން ހުރި ޝަބްނަމީގޭގެ ފުރާޅުވެސް ވަނީ އެއްލާލާފައެވެ.

[embed]https://twitter.com/MNDF_Official/status/1658001974338666496[/embed]

ކުދަހުވަދޫ ކައުންސިލުން ބުނީ ފުރާޅު އެއްލާލިއިރުގައި އެ ދެ ގޭގައި ތިބި މީހުން ތިބީ ނިދާފައި ކަމަށެވެ.  ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ