ކޮޅަށް ހުންނަ ގޮތަކީ ވިސްނުމުގެ ބާރު ވަޒަން ކުރެވޭ ކަމެއް: ދިރާސާ

ކޮޅަށް ހުންނަ ގޮތަކީ ވިސްނުމުގެ ބާރު ވަޒަން ކުރެވޭ ކަމެއް: ދިރާސާ
ލިޔުން:
ފިޒިކަލް ބެލެންސް (މީހާ ކޮޅަށް ހުން އިރު ހުންނަނީ ތެދަށް ނުވަތަ އަރިއަށް ކަން) މިއީ އަކީ ކޮގްނިޓިވް ފަންކްޝަން ( ވިސްނުމުގެ ބާރާ) ގުޅޭ ކަމެއް ކަމަށް ހީނުކުރެވި އޮވެދާނެ އެވެ. އެކަމަކު ޖަޕާނުގެ ޖަޕާނުގެ ދިރާސާވެރިން ވަނީ ފިޒިކަލް ބެލެންސް އަށް ބަލައިގެން ކޮގްނިޓިވް މައްސަލަތައް ލަފާކުރެވޭނެ އާ ގޮތެއް ތައާރަފް ކޮށްފަ އެވެ.
ބީއެމްސީ ޖެރިއޭޓްރިކްސްގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއެއްގައި ޔުނިވާސިޓީ އޮފް ޓްސުކޫބާގެ ދިރާސާވެރިން ވަނީ އަލްޒައިމާ ބަލި (އޭޑީ) ޖެހުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަތުމަށް އެހީތެރިވެދޭނެ ފިޒިކަލް ބެލެންސްގެ އާ މިންގަނޑެއް ހާމަކޮށްފަ އެވެ.
މައިލްޑް ކޮގްނިޓިވް އިމްޕެއަރމަންޓް (އެމްސީއައި) އަކީ ވިސްނުމުގެ ބާރަށް ކުދިކުދި ބަދަލުތަކެއް އަންނަ ސިއްހީ ހާލަތެކެވެ. އެ މައްސަލަ ހުންނަ މީހުންނަށް އަލްޒައިމާ ބަލި (އޭޑީ) ޖެހުމުގެ ނުރައްކާ ބޮޑެވެ. ނަމަވެސް އެމްސީއައި އަވަހަށް ދެނެގަތުމަކީ އެބަލިން ދުރާލައި ރައްކާތެރިވާން ފަރުވާ ކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ކުރިއްސުރެ އެނގިފައިވާ ގޮތުގައި އޭޑީ ޖެހިފައިވާ މީހުންނަށް ފިޒިކަލް ބެލެންސްގެ މައްސަލަތައް ދިމާވެ އެވެ. އެމީހުން ގިނަގިނައިން ވެއްޓެނީ އެހެންވެ އެވެ. އެމްސީއައި ހުންނަށް ވެސް ، ތެދަށް ހުރުމުގެ މަސައްކަތް ސިކުނޑީގައި ހިންގާ "ވެސްޓިބިއުލާ ފަންކްޝަން" އަށް ބަދަލުތައް އައުމުގެ މައްސަލަ ދިމާވެ އެވެ.
އެހެންކަމުން ފިޒިކަލް ބެލެންސްގައި މައްސަލަތަކެއް ހުރިތޯ ބަލައި، އަލާމާތްތައް ފެނުމުގެ ކުރިން އެމްސީއައި ހުރިތޯ ބެލުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް މި ތަރައްގީ ޒަމާނުގައި މިކަހަލަ ބަލިތައް ހޯދުމުގެ ރަނގަޅު ގޮތްތަށް މަދުވުމުން އެކަން ހައްލުކުރުމަށް ޔުނިވާސިޓީ އޮފް ޓްސުކުބާގެ ދިރާސާވެރިން ވަނީ އަމާޒު ހިފާފައެވެ.
"އޭޑީ އިން ރައްކާތެރިވުމަށް އަވަސް އިންޓަރވެންޝަންތަކަކީ ވަރަށް މުހިންމު ކަމެއް. ވެސްޓިބިއުލަރ ފަންކްޝަނަށް އަންނަ ބަދަލުތަކަކީ އެމްސީއައި އާއި އޭޑީއަށް ވެސް ގުޅިފައިވާ ބަދަލުތަކަކަށް ވުމުން އާންމު އާބާދީގައި މިފަދަ ބަދަލުތައް ރަނގަޅަށް ވަޒަންކުރެވޭނެ އާ ގޮތެއް ތަރައްގީ ކުރަން ބޭނުންވި" ދިރާސާގެ ލީޑް އޮތޯރ ޕްރޮފެސަރ ނައޯޔާ ޔަހާގީ ވިދާޅުވި އެވެ.
އެ ކަން އެގޮތަށް ކުރުމަށްޓަކައި ދިރާސާވެރިން ވަނީ ފޯމް ރަބަރު އެކުލެވޭ ނިންޓެންޑޯ ވައި ބެލެންސް ބޯޑެއް ބޭނުންކޮށްގެން ބެލެންސް ކެޕޭސިޓީ އާއި ވެސްޓިބިއުލަރ ފަންކްޝަން އިވެލުއޭޓް ކުރުމަށް އާ ގޮތެއް އުފައްދާފައެވެ. މި ސްކޭލްއަށް ކިޔާފައިވަނީ ވިޝުއަލް ޑިޕެންޑެންސީ އިންޑެކްސް އޮފް ޕޯސްޗަރަލް ސްޓެބިލިޓީ (ވީޕީއެސް) އެވެ. މިހާރު ވަނީ އުމުރުން 56-75 އަހަރުގެ ދުޅަހެޔޮ ވޮލަންޓިއަރުން ވީޕީއެސް ފުރިހަމަ ކުރައްވާފައެވެ. އަދި ކޮގްނިޓިވް ފަންކްޝަންގެ މިންގަނޑުތައް ވެސް އޭނާ ފުރިހަމަ ކުރި އެވެ.
ޕްރޮފެސަރ ޔަހާގީ ވިދާޅުވި ގޮތުގައި ނަތީޖާ ލިބިގެން ދިޔައީ ހައިރާން ކުރަނިވި ގޮތަކަށެވެ. " އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި ވީޕީއެސްގައި ލިބުނު ސްކޯތަކަކީ ކޮގްނިޓިވް އެބިލިޓީ ސްކްރީން ކުރުމަށް އާންމުކޮށް ބޭނުންކުރާ ވަސީލަތެއް ކަމަށްވާ މޮންޓްރިއަލް ކޮގްނިޓިވް އެސެސްމަންޓް ބޭނުންކޮށްގެން ވަޒަންކުރި ކޮގްނިޓިވް އިމްޕެއާމަންޓާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް.” ޔަހާގީ ވިދާޅުވިއެވެ. އޭގެ އިތުރުން އެ ސްކޭލްގެ ނާޒުކުކަމާއި ޚާއްޞަކަން ބޮޑުކަމުން ދޭހަވެގެނަ ދިޔައީ ފަރުދަކަށް އޭޑީ ޖެހުމުގެ ނުރައްކާ އޮތްތޯ އަންގައިދޭ މުހިންމު ފިލާވަޅުތައް ހޯދުމުގައި ކާމިޔާބު ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާ ގޮތުގައި އެމްސީއައިގެ ވަށްތަރުތައް ވީޕީއެސް އިން ފަސޭހައިން ނަގާފައިވޭ. އެގޮތުން މި އާ ސްކޭލަކީ އާންމު އާބާދީގައި އެމްސީއައި އަށް ސްކްރީން ކުރުމަށް ބޭނުންތެރި ގޮތަކަށް ވެދާނެ،” ޕްރޮފެސަރ ޔަހާގީ ވިދާޅުވި އެވެ.
އެމްސީއައި އަދި އޭޑީ ހުންނަ ފަރާތްތަކުގައި ފިޒިކަލް ބެލެންސް އަށް މައްސަލަތައް ދިމާވާކަން އެނގުމުން އާންމު އާބާދީގައި ކޮގްނިޓިވް އިމްޕެއަރމަންޓް ސްކްރީން ކުރުމަށް ވީޕީއެސް އަކީ އަގުހެޔޮ އަދި ފަސޭހައިން ލިބޭނެ ގޮތަކަށް ވެދާނެއެވެ. އަދި އެމްސީއައި އަވަހަށް އަދި ޞައްޙަކޮށް ދެނެގަތުމަކީ ފަރުވާއަށް އާ ގޮތްތަކެއް އުފެދިދާނެ ކަމެއް ކަމަށާއި، މިއީ ނިއުރޯޑިޖެނެރޭޓިވް ހާލަތްތައް ހުންނަ ފަރާތްތަކަށް ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެދާނެ ކަމެއް ކަމަށް މި ކަމުގެ ދިރާސާވެރިން ބުނެއެވެ.
އެމްސީ އަކީ ހަމައެކަނި ޑިމެންޝިއާގެ ޕްރޮޑްރޯމެއް ނޫނެވެ. ނަމަވެސް އޭޑީގެ ސަބަބުން ޑިމެންޝިއާ އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފަހުގެ ހެކިތަކުން ދައްކާ ގޮތުގައި އޭޑީގެ ސަބަބުން އެމްސީއައި އާއި ޑިމެންޝިއާ ޖެހިފައިވާ މީހުންގެ ތެރޭގައި ވެސްޓިބިއުލަރ އިމްޕެއަރމަންޓް ނިސްބަތުން ބޮޑުވެއެވެ. އެހެންކަމުން އަޅުގަނޑުމެން ހައިޕޮތެސިސް ކުރިން ބެލެންސް ކެޕޭސިޓީ ވަޒަންކުރުމަކީ އެމްސީއައި ހުންނަ ފަރުދުން ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
