
ކޮލަމާފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ކޮލަމާފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ލިޔުން:
ގއ. ކޮލަމާފުށީގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އިމާރާތެއް އަނދައި ހުލި ވެއްޖެ އެވެ.
ކޮލަމާފުށީ ކައުންސިގެ މެމްބަރު ސަމާ ތައްހާން "މިނިވަން"އަށް ވިދާޅުވި ގޮތުގައި އެރަށުގައި ހުރި ޕްރިންޓްކުރާ ތަނެއްގައި ރޯވެ، އަނދައި ހުލިވި އިރު އެތަނާ ޖެހިގެން ގުދަނަކާއި އެހެން ގެއެއްގައި ވެސް ރޯވި އެވެ. އަލިފާންގަނޑު ވަރަށް ބޮަޑަށް ފެތުރި، މަގުގެ އަނެއް ފަރާތުން ގޯއްޗެއްގައި ހުރި ރުއްތަކެއްގައި ވެސް އޭނާ ވިދާޅުވި ގޮތުގައި ރޯވި އެވެ.
"މުޅި ރަށުގެ ރައްޔިތުން ނުކުމެ، ފެންހޮޅިތަކާއި ބާލިދީތަކުން ފެން ޖަހައިގެން އަލިފާންގަނޑު ނިއްވައިލީ،" ސަމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮލަމާފުށި ކަހަލަ އެކަހެރިކޮށް އޮތް ރަށެއްގައި، އެހާ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި އިރު، އަލިފާން ނިއްވާނެ ރަނގަޅު އިންތިޒާމެއް ނެތުމަކީ ކޮލަމާފުށި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
