މާލެ: 31°C

ކިޔެވެފުން ފެށޭއިރު ހުރިހާ ސްކޫލުތަކުގެ ޓީޗަރުން ހަމަވާނެ: އެޑިއުކެޝަން

March 19, 2025
208 ފަހަރު ބަލާފައި
ކިޔެވެފުން ފެށޭއިރު ހުރިހާ ސްކޫލުތަކުގެ ޓީޗަރުން ހަމަވާނެ: އެޑިއުކެޝަން
ދިރާސީ އައު އަހަރު ފަށޭ އިރު ރާއްޖޜގެ ހުރިހާ ސްކޫލް ތަކެއްގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އައު އަހަރު ފަށޭ އިރު ރާއްޖޜގެ ހުރިހާ ސްކޫލް ތަކެއްގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނާއި ދަރިވަރުންގެ ޓެކްސް ފޮތްތައް ހަމަވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ވޯކް ފޯސްގައި މިދިޔަ ދިރާސީ އަހަރު ނިމުނުއިރުގައި ޓީޗަރުން ހަމަވެފައި ތިބުމާއެކު އިރާދަކުރެއްވިޔާ މި އަހަރުގެ އެކަޑަމިކް އިޔާ ފެށިގެންދާއިރު ހުރިހާ ޓިޗަރުން ހަމަވެގެން ސްކޫލްތައް ފެއްޓިގެން ދާނީ." ޝިފާޒް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ވެސް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށާއި، ނަމަވެސް ގްރޭޑް 4 އާއި 5 ގެ ސިލަބަސް އަށް އައި ބަދަލަކާ ގުޅިގެން ފޮތްތައް ޙަވާލުކުރުމަށް ކުޑަ ލަސްކަމެއް އައިސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ގްރޭޑް ތަކުގެ ފޮތްތަށްވެސް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންނަށްވެސް ފޮތްތައް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މި ވަގުތު ސަރުކާރުގެ ސްކޫލްތަކުގައި 12،000 އަށް ވުރެ ގިނަ ޓީޗަރުން ތިބިއިރު އޭގެ ތެރެއިން 2،000 އަށް ވުރެ ގިނަ ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ. އެހެންކަމުން ދިވެހި ޓީޗަރުންނަށް އިސްކަން ދިނުމުގެ ގޮތުން ޓީޗަރުން އުފެއްދުމުގެ ގައުމީ ޕްރޮގްރާމެއް ވެސް މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ