
ކިޔަވާލޯނު ގެ އިންޓަރެސްޓް ބީއެމްއެލް އިން 5 ޕަސެންޓަށް ކުޑަކޮށްފި
ކިޔަވާލޯނު ގެ އިންޓަރެސްޓް ބީއެމްއެލް އިން 5 ޕަސެންޓަށް ކުޑަކޮށްފި
ލިޔުން:
މަތީ ތައުލީމަށް ހަރަދުކުރަން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ "ކިޔަވާ ލޯނު"ގެ އިންޓަރެސްޓް ރޭޓާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ރޭޓް ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓާއި އިސްލާމިމް އެޑިއުކޭޝަން ފައިނޭންސިން ރޭޓް ފަސް ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެ ފެސިލިޓީތަކުގެ ރޭޓަކީ ނުވަ ޕަސެންޓެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ކިޔަވާ ލޯނު މިހާރު ނަގައިގެން އުޅޭ ފަރާތްތަކަށް ވެސް އިންޓަރެސްޓްރޭޓަށް މި އައި ބަދަލުގެ ލުއި ލިބޭނެ އެވެ. އެއް ލުޔަކީ، އެފަރާތްތަކުން ލޯނަށް އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު އޮޓަމެޓިކުން ކުރުވުމެވެ. އަނެއް ލުޔަކީ، މަހަކު ދައްކާ ފައިސާގެ އަަދަދު ކުރިއަށް ވުރެ ކުޑަކުރުމުގެ ފުރުސަތު ލިބުމެވެ. ބަޔާނުގައި ބީއެމްއެލް ބުނީ މިހާރު ލޯނު ނަގައިގެން ތިބި ދަރިވަރުންނަށް އެ މައުލޫމާތު ފޯރުކޮށްދީ، މަހަކު ދައްކާ ފައިސާގެ އަދަދު މަދުކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުން ދަރިވަރުންނަށް ދޫކުރާ ލޯނަށް ހެޔޮ ބަަދަލެއް ގެނެވުނީތީ އުފާކުރައްވާ ކަމަށެވެ. ދުނިޔޭގެ ކޮންމެ ތަނަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފައިނޭންސް ހޯދަން އެކަމުގެ ސަބަބުން ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން އިން ފައިސާ ދޫކުރާނީ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދު ހިމެނޭ ގޮތުން ކޯހަކަށް ހިނގާ ހަރަދުގެ 75 ޕަސެންޓަށް ވާ ވަރަށެވެ. އެ ދެ ފެސިލިޓީއަށް ވެސް އަނބުރާ ފައިސާ ދައްކަން 10 އަހަރުގެ މުހުލަތެއް ލިބެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
