ޣައްޒާ އަތުލައި އެތާންގަ ދިރިއުޅޭ ރައްޔިތުން ބޭރުކުރާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުންޏަސް ބައިނަލް އަޤްވާމީ ގާނޫނާ ހިލާފަށް އެކަން ނުކުރެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޣައްޒާ ހުސްކޮށް އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވާތީ، އެކަމާ ދެކޮޅަށް ރައްދުދެއްވައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާ ހުސްކޮށް އެތަނުގެ ރައްޔިތުން އެހެންތަނަކަށް ބަދަލުކޮސް އެތަނުގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް ޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނުކުރެވޭނެ ކަމަށާއި ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނެކަމަށް. ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ

— Maumoon Abdul Gayoom (@maumoonagayoom) February 5, 2025
ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ޓްރަމްޕް ވަނީ ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކޮށް، އެމެރިކާ އިން ގާޒާ ތަރައްގީ ކުރަން ބޭނުންވާކަންހާމަ ކުރައްވައިފަ އެވެ. އަދި ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގާޒާ އަލުން ބިނާކުރުމުގެ ބޮޑު ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.