"ކިސީ ކާ ބައި ކިސީ ކީ ޖާން" 100 ކްރޯޑްއާ ކައިރިވެއްޖެ

"ކިސީ ކާ ބައި ކިސީ ކީ ޖާން" 100 ކްރޯޑްއާ ކައިރިވެއްޖެ
ލިޔުން:
ސަލްމާން ހާން އީދާއި ދިމާކޮށް ރިލީޒް ކުރި ފިލްމް "ކިސީ ކާ ބައި ކިސީ ކީ ޖާން" މިހާރު ދަނީ ބޮކްސް އޮފީސް ކަލެކްޝަންގައި 100 ކްރޯޑް ރުޕީސްގެ މާކްސް ހުރަސް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
ފުރަތަމަ ހަފްތާގައި 90.15 ކްރޯޑް ރުޕީސް ހޯދާފައިވާއިރު، މިދިޔަ ހުކުރު ދުވަހު ވަނީ 2.35 އަށް މައްޗަށް އަރާފައެވެ. އަދި ޖެހިގެން އައި ހޮނިހިރު ދުވަހުގެ ދެވަނަ ކަލެކްޝަންގައި ގާތްގަނޑަކަށް 3.30 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް އިންޑަސްޓްރީ ޓްރެކަ ސެކްނިލްކް އިން ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު ޖުމްލަ ކަލެކްޝަންގެ އަދަދު 95.80 ކްރޯޑް ރުޕީސް އަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިލްމުގެ ގްރޮސް ވޯލްޑް ކަލެކްޝަންގެ އަގަކީ 153.17 ކްރޯޑް ރުފިޔާއެވެ.
ބޮކްސް އޮފީހުގެ ވެބްސައިޓްގައިވާ ގޮތުން، ސަލްމާން ހާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ހިންދީ މާކެޓުގައި ހޮނިހިރު ދުވަހު %12.02 އޮކިއުޕެންސީ އޮތްއިރު، ގިނަ ބަޔަކު ދިޔައީ ރޭގަނޑުގެ ޝޯއަށެވެ. އަދި އެމީހުން ލަފާކުރަނީ އާދީއްތަ ދުވަހާއި ހަމައަށް އެ ރޭންޖްގައި ދާނަމަ ހަފްތާ ނިމޭއިރު އެ ފިލްމްއަށް 100 ކްރޯޑް ރުޕީސް ހުރަސް ކުރާނެ ކަމަށެވެ.
އެ ފިލްމްގައި ސަލްމާންގެ އިތުރުން ޕޫޖާ ހެގްޑޭ، ވެންކަޓޭޝް ދަގްގުބާޓީ، ބުމިކާ ޗަވްލާ، ޕަލަކް ޓިވާރީ، ސިދާތު ނިގާމް، ރާގަވް ޖުޔާލް އަދި ޝެހެނާޒް ގިލް ފަދަ ތަރިން ފެނިގެންދެ އެވެ. އެއީ ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ކިސީ ކާ ބައި ކިސީ ކީ ޖާން" އަކީ ފުރިހަމަ އާއިލީ މުނިފޫހިކަން ފިލުވައިދޭ، ހަތަރު ބޭބެއެއްގެ ވާހަކައެކެވެ. ސަލްމާން އެންމެ ދޮށީ ބޭބެގެ ގޮތުގައި ފެނިގެންދާ މި ފިލްމްގައި އޭނާ އަދާކުރަނީ މުޖުތަމައު ކުށުން އެއްކިބާކޮށް ބެހެއްޓުމުގެ މަސައްކަތަތް ކުރާ މީހެއްގެ ރޯލެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
