މާލެ: 31°C
ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭ އަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭ އަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

February 8, 2024
3 ފަހަރު ބަލާފައި
ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭ އަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ތ. ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅޭލާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މިޔަގީން ކަންދެއްވީ ތ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ތެރެއިން އެ އަތޮޅުގެ ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ކިނބިދޫގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ އިގްތިސޯދީ ކުރިއެރުން ގެނެސްދިނުން ކަމަށެވެ. ތަރައްގީ ބައްޓަންކުރުމުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެކިގައުމުތަކަށް ތަރައްގީ އައިއިރުވެސް އައިސްފައިވަނީ މަގުތަކާއި، ބްރިޖްތައް، ކެނަލްތައް އަދި ޓަނަލްތައް ހަދައިގެން ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރުމުގައި އެހެން ގައުމުތަކުންވެސް ތަރައްގީ ހާސިލުކޮށްފައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އެޅިފައިވަނީ އެންމެ ބްރިޖެއް ކަމަށާއި ދެވަނަ ބްރިޖެއްގެ މަސައްކަތް ކުރަމުންދާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކިނބިދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން އެއްފަސްވެގެންދިއުން ކަމަށެވެ. އެހެން ކަމުން އެކަން ހާސިލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް އެ މަނިކުފާނުވަނީ އަރުވާފައެވެ. މީގެ އިތުރުން މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، ތަރުތީބެއް ކަނޑައަޅައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވިގެން ނޫނީ މިހާރު އޮތް އިގްތިސާދީ އަނދަވަޅުން އަރައިގަނެގެން މާނަހުރި ދެކޮޅުޖެހޭ، ދެމެހެއްޓެނިވި ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތަތީ އެމަނިކުފާނަށް ވެސް ކަޑަޖަހައި ނަމެއްގައި ކަންތަށްތަކެއް ފެށިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރަށްވާނެ ކަމަށާއި، އެ ކަންތައްތަށް ކޮށްދެއްވާނީ އިހުލާސްތެރި ކަމާއެކު ހަގީގީމާނައިގައި ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ. އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ