މާލެ: 31°C
ކިނބިދޫގެ ކުނިމެނޭޖް ކުރާ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި

ކިނބިދޫގެ ކުނިމެނޭޖް ކުރާ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި

July 24, 2024
2 ފަހަރު ބަލާފައި
ކިނބިދޫގެ ކުނިމެނޭޖް ކުރާ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި
ތ. ކިނބިދޫގެ ކުނި މެނޭޖްކުރާ ނިޒާމް ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. މި މަޝްރޫއު އިފްތިތާހް ކޮށްދެއްވާފައިވަނީ، އެންވަޔަރަންމަންޓް މިނިސްޓްރީގެ މިނިސްޓަރު ތާރިގު އިބްރާހީމް  ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިނބިދޫއަށް ވަޑައިގެންނެވެ. މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުންކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި، ތ. ކިނބިދޫގައި ޒަމާނީ ފެންވަރުގެ، ދެމެހެއްޓެނިވި،އަދި ވަށާޖެހޭ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރެއްވުމާއި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހިޔާލުހޯއްދަވައިފައިވެއެވެ.

ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކޮށްދީ، ކުނީގެމައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ހިމެނެއެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ މިވައުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މި މަޝްރޫއުއަކީ ސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން، ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން ގާއިމުކުރެވިފައިވާ ނިޒާމެކެވެ.

ކިނބިދޫގައި ހުޅުވާލެވިގެން މިދިޔަ ކުނިމެނޭޖް ކުރާ މަރުކަޒުގައި ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއް ވަނީ ގާއިމުކުރެވިފައެވެ. އަދި މި ސިސްޓަމްގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދި، 10 ދުވަހުގެ ތެރޭގައި ފުރިހަމައަށް ފައްކާވެފައިވާ ކާދު އުފެއްދިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ