
ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައި، އިމާމުވެ ހުކުރުކުރުމުގެ ހުއްދަ 57 ޒުވާނަކަށް ދީފި
ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައި، އިމާމުވެ ހުކުރުކުރުމުގެ ހުއްދަ 57 ޒުވާނަކަށް ދީފި
ލިޔުން:
އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 57 ޒުވާނަކަށް ހުއްދަ ދީފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމާލައި ހުއްދަ ދިނުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެއެވެ. ހުއްދަ ހޯދި 57 ހަތީބުން މި ރޯދަ މަހުގެ ތެރޭގައި އިމާމުވެ ހުކުރު ކުރަން ފަށާނެއެވެ.
އެގޮތުން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ފެށި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ހުޅުވައިލުމުން 160 ޒުވާނަކާ އިންޓަވިއުކޮށްފައިވެއެވެ. އަދި އިންޓަވިއުއަށްފަހު 77 ޒުވާނަކާއެކު ތަމްރީނު ޕްރޮގްރާމް ފެށާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ނަމަވެސް ފުރަތަމަ ބެޗް ނިންމައި ހުއްދަ ހާސިލުކުރީ އޭގެ ތެރެއިން 57 ޒުވާނެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހަތީބުން ތަމްރީނު ކުރުމުގެ އިތުރު ބުރެއް ވަރަށް އަވަހަށް އަދި ފަށާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
