ފޮލްކޮޑިންއާ ބެހޭ ގޮތުން ޑަބްލިއު އެޗްއޯއިން ބުނެފައިވަނީ އެއީ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް އައިސްދާނެ މާއްދާއަކަށް ވާތީ ފޮލްކޮޑިން ހިމެނޭ ބޭސްތައް ޔޫރަޕުގެ މާކެޓުން އެއްކޮށް ނެގުމަށް ލަފާދޭކަމަށެވެ.
"މިކަމާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ.
ފޮލްކޮޑިން އަކީ އާންމުކޮށް އެކި ކަހަލަ ކެއްސުމަށް ދޭ ބޭސްތަކުގައި ހިމެނޭ މާއްދާއެކެވެ.






