ކެންޑަލް އާއި ބޭޑް ބަނީގެ ލޯބީގެ ގުޅުމެއް އޮވޭތަ؟

ކެންޑަލް އާއި ބޭޑް ބަނީގެ ލޯބީގެ ގުޅުމެއް އޮވޭތަ؟
ލިޔުން:
އެމެރިކާގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ އަދި ކާމިޔާބު މޮޑެލް ކެންޑަލް ޖެނާ އާއި ލަވަކިޔުންތެރިޔާ ބެނިޓޯ އެންޓޯނިއޯ (ބޭޑް ބަނީ)، ލޯބީގެ ގޮތުން ގުޅިގެން އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކެންޑަލް އާއި ބޭޑް ބަނީ ރައްޓެހިވެގެން އުޅޭކަމުގެ އަޑާއެކު ނޫސްވެރިން ކުރިމަތިކުރުވި އެއްވެސް ސުވާލަކަށް އެ ދެ މީހުން ޖަވާބު ދީފައެއްނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުންގެ ގުޅުން ފޮތުވާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އުމުރުން 27 އަހަރުގެ ކެންޑަލް، އާއި 29 އަހަރުގެ ބެޑް ބަނީ ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ލޮސް އެންޖަލަސްގައި ކުޅުނު ލޭކާސް ޕްލޭއޮފް މެޗުގައި އެކުގައި ބައިވެރިވެފައިވާކަމުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
ގޭމްގެ ފުރަތަމަ ސަފުން ދެމީހުން ފެނިގެންގޮސްފައިވަނީ އެދެމީހުންގެ ރައްޓެހިންނާއި، ކެންޑަލްގެ ދައްތަ ކިމް ކާޑޭޝިއަން އާއި ކިމްގެ އަންހެން ދަރިފުޅު ނޯތް ވެސްޓް އާއި އެކުގައެވެ.
ކެންޑަލް ލައިގެން ހުރީ ހުދު ކުލައިގެ ޓޮޕަކާއި މަޑު ކްރީމް ކުލަިއގެ ސްކާޓެކެވެ. ކަކުލާއި ހަމައަށް އަރާ ބޫޓަކާ އެކު އޭނާ ހުރީ ގޯލްޑް ކުލައިގެ އިއަރިންގްްސް އާއި ފަށެއް އަޅައިގެންނެވެ. އަދި ބޭޑް ބެނީ ފެނިގެން ގޮސްފައިވަނީ ހުދު ޓީޝާޓެއްގެ މަތިން ކަޅު ކުލައިގެ ޖެކެޓެއ ލައިގެން ހުއްޓައެވެ. އަދި ރެޕަރު ލައިގެން ހުރީ ކަޅު ފަޓުލޫނަކާއި އެއާ ގުޅޭ ކަޅު ޓޮތްޕެކެވެ. އޭނާ އެ ލޫކް ނިންމާލީ ހުދުކުލައިގެ ސްނީކަރސް ޖޯޑަކުންނެވެ.
އެންމެ ފަހުން އެދެމީހުން އެކުގައި ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި މެޓް ގާލާގެ އާފްޓާ ޕާޓީގެ ރެޑް ކާޕެޓް މަތިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
