
ކެލާފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ކެލާފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ލިޔުން:
ހއ.ކެލާ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނޭކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުތުރުގެ އަތޮޅުތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ހއ.ކެލައަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކެލާގެ ތަރައްޤީއަށް ރަށުގެ ރައްޔިތުން އެދުނު ކަންކަމަކީ ވައުދުވެފައިވާގޮތަށް ފުއްދާނޭ ކަންކަން ކަމަށާއި، މިހާރު އެޔަގީންކަން މާބޮޑަށް ދެއްވާކަމަށެވެ.
ރައީސް ވިދާޅުވީ ކެލާ ތަރައްޤީއަށް ޓޫރިޒަމް ތަރައްޤީކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެއީ އެންމެ މުހިއްމު މަޝްރޫއުކަމަށެވެ. ކެލާފަޅުގައި ރިސޯޓެއް ތައްރައްޤީކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ކެލާ ފަޅުގައި ޓޫރިޒަމް ތަރައްޤީކުރުމުން އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ކެލާގެ ރައްޔިތުންނަށް ނޫންކަމށެވެ. އެކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
https://twitter.com/presidencymv/status/1761718736569192835
ކެލައަކީ ދަނޑުވެރިކަންވެސް ކުރާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ރަށުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ފުޑްސެކިއުރެޓީ ގާއިމްކުރުމުގެ ގޮތުން ރާއްޖޭގައި ހައްދާ ބާވަތްތައް އިތުރުކޮށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށްޓަކައި ކެލާ ފަދަ ރަށްރަށް ވަރަށް މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކެލާގެ ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިކޮށް އެރަށުގެ ދަނޑުވެރިންނަށް ކުރިއަށް އޮތްތަނުގައި ގިނަ ކަންކަން ފަހިކޮށްދެއްވަމުން ދާނޭކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
