މާލެ: 31°C

"ކެލާ އަހައްމަދު" އެއްވެސް މީހެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާނަމަ އަންގަން ފުލުހުން އެދިއްޖެ

February 3, 2025
262 ފަހަރު ބަލާފައި
"ކެލާ އަހައްމަދު" އެއްވެސް މީހެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާނަމަ އަންގަން ފުލުހުން އެދިއްޖެ
"ކެލާ އަހައްމަދު" ގެ ނަމުގައި އެކިކަހަލަ މުއާމަލާތްތައް ކޮށްގެން އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަން އަންގަން ފުލުހުން އެދިއްޖެ އެވެ.

"ކެލާ އަހައްމަދު" ގެ ނަމުގައި އެކިކަހަލަ މުއާމަލާތްތައް ކޮށްގެން އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަން އަންގަން ފުލުހުން އެދިއްޖެ އެވެ. 

ފުލުހުން ބުނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންއަންނަ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހއ. ކެލާ / ގަހާ، އާދަމް އިރުޝާން މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހއ. ކެލާ / ގަހާ، އާދަމް އިރުޝާން އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ “ކެލާ އަހައްމަދު” ގެ ނަމުންކަން މިހާތަނަށް ތަހުގީގަށްވަނީ ފާހަގަކުރެވިފައި ކަމަށާއި އެހެންކަމުން އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ