މާލެ: 31°C
ކަޔަކްގައި މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ

ކަޔަކްގައި މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ

May 20, 2024
2 ފަހަރު ބަލާފައި
ކަޔަކްގައި މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ
ކަޔަކްއެއްގައި މޫދަށް ފާބައި އުޅުނިކޮށް ގެއްލުނު ބިދޭސީ މީހާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ގދ. އަތޮޅުގައި އޮންނަ ރެފެލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން އިއްޔެ ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް އިއްޔެ މެންދުރު 03:00 ޖަހާކަށްހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޭގެފަހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު އޭނާ ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ. https://twitter.com/PoliceMv/status/1792421727760433377 އެމީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް ރިސޯޓުން ވަނީ ކުރިން ވެސް ލަފާކޮށްފައެވެ. އެ ބިދޭސީ މީހާއަކީ ރަަފެލްސް މޯލްޑިވްސް ރިސޯޓްގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެކެވެ. މިއީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށްވުމުން، ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ