މާލެ: 31°C

ކަަރަންޓް ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އިތުރު ފުރުސަތަށް އެދެވޭނެ: ފަހުމީ

March 4, 2025
175 ފަހަރު ބަލާފައި
ކަަރަންޓް ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އިތުރު ފުރުސަތަށް އެދެވޭނެ: ފަހުމީ
ކަރަންޓު ބިލު ދައްކަން ދަތިވާ ފަރާތްތަކަށް ބިލު ދައްކަން އިތުުރު މުއްދަތަކަށް އެދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

ކަރަންޓު ބިލު ދައްކަން ދަތިވާ ފަރާތްތަކަށް ބިލު ދައްކަން އިތުުރު މުއްދަތަކަށް އެދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ކާކުކަން ނޭނގޭ ގޮތަށް 'ހަސަން ކުރުސީ' ގެ ނަމުގައި ހިންގާ އެކައުންޓުން ފަހުމީ ޓެގްކޮށް ޕޯސްޓެއް ކުރި އެވެ. ރޯދައާއި އީދާ ގުޅިގެން ކަރަންޓު ބިލު ދެއްކުމުގެ މުއްދަތު 30 ދުވަހަށް ވުރެ އިތުރުކޮށްދިނުމަށް އެދިފަ އެވެ.

ްެްެއެ ޕޯސްޓަށް ޖަވާބު ދެއްވައި ފަހުމީ އެކްސްގައި ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

އަދި ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ

އެގޮތުން ސްޓެލްކޯގެ ވެބްސައިޓު މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަންއަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލައިފައި އޮންނާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

"މި ކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.

"މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ. ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު." އެމްޑީ ވިދާޅުވި އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ