މާލެ: 31°C

ރޯދަ މަހު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި

March 16, 2025
281 ފަހަރު ބަލާފައި
ރޯދަ މަހު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި
ރޯދަމަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު، މިދިޔަ ހަފްތާގައި ދުވާލަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ސްޓެލްކޯގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މާލެ ސަރަހައްދުގައި ރޯދަމަހުގެ ފުރަތަމަ 7 ދުވަހާއި ގާތްގަނޑަކަށް އެއް މިންވަރަކަށް މިދިޔަ 7 ދުވަހުވެސް ކަރަންޓު ބޭނުންކޮށްފައިވާކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެވެސް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެހެންކަމުން، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މިއާއެކު، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ފާހަގަކުރެވެއެވެ. މި ޑިސްކައުންޓަށް 160 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ