މާލެ: 31°C

ކަންކަން ރޭވުމުގައި ކުޑަކުދިންގެ ހިޔާލުހޯދުން މުހިންމު: މެޑަމް ފަޒްނާ

ކަންކަން ރޭވުމުގައި ކުޑަކުދިންގެ ހިޔާލުހޯދުން މުހިންމު: މެޑަމް ފަޒްނާ
May 10, 2023
2 ފަހަރު ބަލާފައި
ކަންކަން ރޭވުމުގައި ކުޑަކުދިންގެ ހިޔާލުހޯދުން މުހިންމު: މެޑަމް ފަޒްނާ
ކަންކަމުގައި ކުދިން ޝާމިލު ކުރުމުގެ މާނައަކީ ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމުގައި ރައީސް ގެ އަނބިކަނަބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްްޖެއެވެ. ކުޑަކުދިންގެ ދުވަހާ ގުޅިގެން ޖޭންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ފަޒްނާ ވިދާޅުވީ، ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ހެދޭނީ، އެކުދިންނަށް ބަސްބުނުމުގެ ހައްގާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ދީގެންކަމަށެވެ. " ކަންކަމުގައި ކުދިން ޝާމިލު ކުރުން އަޅުގަނޑަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުން، މިސާލަކަށް ކުޑަ ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ގަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ގަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުސަތު ބޮޑުވާނެ " މެޑަމް ފަޒްނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެކަމަނާ ވިދާޅުވީ، އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިހުސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާހައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށެވެ. މެޑަމް ފަޒްނާ ވިދާޅުވީ  އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ހިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައެެވެ. މިއަދު ކުދަކުދިންގެ ދުވަސް ފާހަގަ ކުރަމުން ދާއިރު ދުވަހާ ގުޅިގެން ރައީސް ސޯލިހު ވެސް ވަނީ ހިތޯބެއް ފޮނުއްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ