މާލެ: 31°C
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

May 20, 2024
2 ފަހަރު ބަލާފައި
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ކަނޑުތަށް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލަރޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށް، މިރޭ 18:30އިން ފެށިގެން 22:30 އާއި ހަމައަށެވެ. މި އެލާޓުގައި ބުނެފައި ވާ ގޮތުން މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. https://x.com/metmaldives/status/1792541126727217398?s=46 މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށިފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ