މާލެ: 31°C
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެފި

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެފި

May 20, 2024
2 ފަހަރު ބަލާފައި
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމީ އެލާޓްތައް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ނެރެފިއެވެ. އެގޮތުން، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 09:30 އިން ފެށިގެން މެންދުރު 13:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. https://twitter.com/MetMaldives/status/1792410785588854885 އޭގެ އިތުރުން، މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ވެސް އެލާޓް ނެރެފައިވަނީ 09:30 އިން މެންދުރު 13:30 އާއި ހަމައަށެވެ. އެ ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިހުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. https://twitter.com/MetMaldives/status/1792411223625257097 މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށިފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ