މާލެ: 31°C

ކަނޑުހުޅުދޫ މޫދުގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކަނޑުހުޅުދޫ މޫދުގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
March 31, 2023
2 ފަހަރު ބަލާފައި
ކަނޑުހުޅުދޫ މޫދުގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ކަނޑުހުޅުދޫ ޒުވާނަކު، މަރުވެފައި އޮއްވާ އެރަށު މޫދުން ފެނިއްޖެ އެެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނުނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ، ގެއްލިގެން ހޯދަމުންދަނިކޮށެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި އުމުރުން 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ހަބަރެއް ނުވެގެން 4:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެނާ ފެނުނީ އާއިލާ މީހުންނާ އެކު އޭނާ ހޯދަމުން ދަނިކޮށް ، ސައިކަލަކާ އެކު އެ ރަށުގެ ފަޅުތެރެ މޫދުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ