
ކަނޑުގެ މައްސަލައިގެ ހެކީގައި ރައީސްގެ މޮރިޝަސް ސިޓީފުޅު ނުހިމެނޭ: އޭޖީ
ކަނޑުގެ މައްސަލައިގެ ހެކީގައި ރައީސްގެ މޮރިޝަސް ސިޓީފުޅު ނުހިމެނޭ: އޭޖީ
ލިޔުން:
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގަ، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ކުރެއްވި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު ހިއްސާކުރެއްވި ލިޔުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ނުހިމެނޭ ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން މައްސަލައިގެ ލިޔުންތައް މަޖިލީހަށް ހުށަހެޅުއްވި ކަމަށް ރިފްއަތު ވިދާޅުވުމުންނެވެ.
"އިޓްލޮސްގެ މައްސަލަ ސާބިތު ކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސް ފޮނުވި ސިޓީ ނުހިމެނޭކަން ފާހަގަ ކުރަން. ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގަ ކަޅާއި ހުދުން ލިޔެފަ އޮތްކަން ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން." ބަންޑާރަނަ ނައިބް ވިދާޅުވިއެވެ.
ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ދެކުނުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް ސިޓީއެއް ކަމަށް ވެސް އޭޖީ ވިދާޅުވިއެެވެ.
މީގެއިތުރުން ބަންޑާރަ ނައިބު ވިދާޅުވީ، އެ މައްސަލައިގައި އަމަލު ކުރައްވާފައިވާނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކަމަށާއި، މައްސަލައިގައި އެއްވެސް ކަމެއް ސިއްރު ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި، އިޓްލޮސްގެ މައްސަލައިގައި ކާމިޔާބު ލިބުނީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވާ ވާހަކަ އޭޖީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
