
ކަނޑު އުޅަނދުތަކަށް ބަރޯސާވެ، އިގްތިސާދީ ސަރަހައްދު ބެލެހެއްޓުން އެންމެފަހުން ނިމުމަކަށް
ކަނޑު އުޅަނދުތަކަށް ބަރޯސާވެ، އިގްތިސާދީ ސަރަހައްދު ބެލެހެއްޓުން އެންމެފަހުން ނިމުމަކަށް
ލިޔުން:
ފުރަތަމަ ފަހަރަށް ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މާދަމާ ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ގެނެސްފައިވާ ޑްރޯން ބޭނުންކުރުމުގެ އޮޕަރޭޝަން މާދަމާ ފެށުމަށް ނިންމާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަން އިފްތިތާހުކުރުމުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައެވެ.
މި އޮޕަރޭޝަނުގައި ދިވެހި ސިފައިންނާއެކު ތުރުކީގެ ކަމާއިބެހޭ އޮފިޝަލުން ބައިވެރިވާއިރު، ދިވެހި ޑްރޯންއަށް ދިވެހި ސިފައިން އަހުލުވެރިވުމާއި، ތަމްރީންތައް ދޭނީ ތުރުކީފެ އޮފިޝަލުންނެވެ. ޑްރޯން އޮޕަރޭޝަން ފެށުމުގެ ކުރިން ރާއްޖޭގެ ސިފައިންގެ ތެރެއިން މިކަމުގައި ހަރަކާތްތެރިވާ އޮފިސަރުން ވަނީ ތުރުކީއަށްގޮސް ޑްރޯން ތަމްރީނުތައް ކުރިއަށްގެންގޮސްފައެވެ.
ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކުކުރުމަށް ހަމަޖައްސާފައިވަނީ މާފަރުގައެވެ.
ރާއްޖެއަށް ޑްރޯންތައް ގެނެސްފައިވަނީ ތުރުކީންނެވެ. ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މި ޑްރޯންތައް ރާއްޖެއަށް ގެނައުމަށް ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޑްރޯންތައް ރާއްޖެ ގެނެސް ޓެސްޓް ދަތުރުތައް ބާއްވާފައިވާއިރު، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކޮށް ބޭރުގެ އަސްކަރިއްޔާތައް ޝާމިލްނުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.
ރ.އަތޮޅޫ މީދުއަށް މިފަހުން ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނޭ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަމުގައި އާއްމު ގޮތެއްގައި ހަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
