
ކަނޑުމަގުން ބިދޭސީން އުފުލަން ސައްހަ ވޯކް ޕާމިޓެއް ބޭނުންވޭ
ކަނޑުމަގުން ބިދޭސީން އުފުލަން ސައްހަ ވޯކް ޕާމިޓެއް ބޭނުންވޭ
ލިޔުން:
ކަނޑުމަގުން ބިދޭސީން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އުފުލޭނީ އެ މީހުންގެ ސައްހަ ވޯކް ޕާމިޓެއް އޮވެގެން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ ކަނޑު ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ.
އެތަނުން ބުނީ ސައްހަ ވޯކް ޕާމިޓް ނެތް ބިދޭސީން ކަނޑުމަގުން އެއް ތަނުން އަނެއް ތަނަށް އުފުލައިފި ނަމަ ގަވާއިދުގެ ދަށުން އެފަދަ އުޅަނދެއްގެ ވެރި ފަރާތް ނުވަތަ އެ ދުއްވި ފަރާތް ޖޫރިމަނާކޮށް ލައިސަންސް ފޮތުގައި ކުރި ކުށު އެންޑޯޒް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެއެވެ. ހަމައެހެންމެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވާ ވަރަކަށް އެމީހުން ފިލަން އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން އާންމުކޮށް ދަތުރުކޮށް ހަދާ ކަމަށް އެނގިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
