ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭ: ރައީސް

ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭ: ރައީސް
ލިޔުން:
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާން މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުސްވަމުންދިއުމާއި ގުޅޭގޮތުން އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަކީ މުޅި އިންސާނިއްޔަތަށް އެކި ގޮތްގޮތުން އޮތް ނުރައްކަލެއްކަމުގައެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، ސިޑްސްއަކީ އެ ބައްދަލުވުމުގައި ގޮވާލި ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރަން އުފެދުނު ވޯކިންގ ގްރޫޕެއްކަމަށާއި، އެ ގްރޫޕްގެ މަސައްކަތުގެ ސަބަބުން އދގެ އެންމެ މުހިއްމު އެޖެންޑާތަކާއި ހަމައަށްވެސް މި މައްސަލަ ގެނެވިފައިވާކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައިގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތާއި ތަރިކައަށްވެސް ނުރައްކާތައް ކުރިމަތިވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން މޫސުމީ ކާރިސާތައް އިތުރުވެ، ދިރިއުޅުމުގެ ހާލަތަށް އަސަރުކޮށް، ތަރައްގީއަށް ހުރަސް އެޅި، އިގްތިސާދަށް ނުރައްކާތައް ކުރިމަތިވަމުންދާކަންވެސް ރައީސް ވިދާޅުވިއެެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭނެ ކަމަށެެވެ.
މި މައްސަލައަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރިކަމަށާއި، އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކޮށް، އެކަމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދައާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ ހޭދައިގެ ފަރަގު ކުޑަކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީގެއިތުރުން އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި ޕެރިސް އެގްރިމަންޓާއި 2030 އެޖެންޑާގައި ހުރި ކަންކަން ހާސިލުނުވާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިދިޔަ 5 އަހަރު ތެރޭގައި މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ލޮސް އެންޑް ޑެމޭޖް ފަންޑަށް މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
