
"ކަނބަލުންގެ ވަހުން ރާޝިދަށް މިފަހަރު ސަލާމަތެއް ނުވެވުނު"
"ކަނބަލުންގެ ވަހުން ރާޝިދަށް މިފަހަރު ސަލާމަތެއް ނުވެވުނު"
ލިޔުން:
ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހިޔަސް ރާއްޖެތެރޭ ކަނބަލުން ގައިން "މީރުވަސް" ނުދުވާ ކަމަށް ވިދާޅުވުމުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރާޝިދު މިހެން ވިދާޅުވުމާ އެކު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާޝިދު ދެއްކެވީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. މިގޮތުން ވާހަކަފުޅު ދައްކަވާއިރުގައި ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާޝިދު މިހެން ވިދާޅުވުމާއެކު ސޯޝަލް މީޑިއާ މުޅިން ކެނކިގެން ދިޔަ ކަހަލައެވެ. އޮޅިގެން ނަމަވެސް ރާޝިދަށް ވިދާޅުވެވުނީ ކަނބަލުންނަށް ހަޖަމް ވާކަހަލަ ވާހަކައެއްނޫންކަން ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔާ ކަނބަލުންގެ ކޮމެންޓްތަކުން އެނގެއެވެ. ރާޝިދުގެ މި ވާހަކައަށް ގިނަ ކަނބަލުން ވަނީ އޭނާގެ ޒާތީ ހަޔާތަށް ފާޑުކިޔާފައެވެ. ރާޝީދަށް ފާޑުކީ ކަނބަލަކު ބުނީ ރާއްޖެތެރެއިން ރާޝިދަށް "ދެވިފަ ހުރި" ކަނބަލެއްގެ ގައިން ދުވި ވަސް ރާޝިދު ހިތުން ނުފިލަގެން އުޅެނީ ކަމަށެވެ. މިގޮތަށް މުޅި ސޯޝަލް މީޑިއާގައި ކަންބަލުން ދަނީ އެކި އެކި ފާޑު ކިއުންތަށް ކިއަމުންނެވެ. މީގެތެރޭގައި އެމްޑީޕީއަށާއި ސަރުކާރަށް ތާއީދު ކުރާ ކަނބަލުންވެސް ހިމެއެވެ.
މިއަދުގެ މަޖިލީހުގައި ރާޝިދުގެ ވާހަކަ އަމާޒުކުރެއްވީ ސަރުކާރުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ މުހިންމު ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
