
ކަލައިދޫގައި ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް
ކަލައިދޫގައި ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް
ލިޔުން:
ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް އެރަށު ކައުންސިލުން ވަނީ ނިންމާ އާއްމުކޮށްފައެވެ.
އެ އުސޫލުގެ ދަށުން 2023 ޖެނުއަރީ 01 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ވެސް ހަދިޔާ ދޭން އެ ކައުންސިލުން ވަނީ ނިންމާފައެވެ.
އެ ހަދިޔާ ވަށީގައި ހިމެނެނީ 700-1000 ދިވެހި ރުފިޔާ އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ތަކެއްޗެވެ.
އެއީ ރަށުގައި ރަޖިސްޓްރީ ކުރުމުން ލިބޭ ހަދިޔާ އަކަށްވާއިރު، ރަށުގައި ވިހޭ ނަމަވެސް ރަޖިސްޓްރީ ނުކުރާނަމަ އުސޫލުގައިވާ ގޮތުން ހަދިޔާއެއް ނުލިބޭނެއެވެ. އަދި އެހެން ރަށެއްގެ ރަޖިސްޓްރީ އަލުން ރަށަށް ބަދަލުކުރާނަމަަ، އުސޫލުގައިވާ ގޮތުން ހަދިޔާ ވަށި ލިބެނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށެވެ.
އުސޫލުގަައި ބުނެފައިވާ ގޮތުން، ހަދިޔާ ވަށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް އަދި އުފަން ދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެކުއްޖާ ރަށުގެ ރައްވެއްސެއްގެގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުންނެވެ.
ހަދިޔާ ވަށި ލިބޭ ކުއްޖާ އަކީ ރަށުން ބޭރުގައި އުޅޭ ކުއްޖެއްނަމަ ބަދަލުގައި ބެލެނެވެރިޔާ ހުށަހަޅާ ފަރާތަކަށް ހަދިޔާ ހަވާލު ކުރާނެ ކަމަށް ވެސް ވެއެވެ.
މިފަދަ ކަންކަމަކީ އާބަދީ މަދު ރަށްރަށުގެ އާބާދީއިތުރުކުރުކޮށް ތަރައްގީގެ ވަސިލަތްތަށް ގާއިމް ކުރުމަށްޓާކާ އެޅޭ ފިޔަވަޅަކަށް ވެދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
