ކަލާފާން ސުކޫލާއި ގުރައިދޫ ސްކޫލު މެޗުގައި ހިނގި ފަދަ ކަމެއް ތަކުރާރު ވިޔަނުދޭން އެޑިއުކޭޝަނުން އިލްތިމާސްކޮށްފި

ކަލާފާން ސުކޫލާއި ގުރައިދޫ ސްކޫލު މެޗުގައި ހިނގި ފަދަ ކަމެއް ތަކުރާރު ވިޔަނުދޭން އެޑިއުކޭޝަނުން އިލްތިމާސްކޮށްފި
ލިޔުން:
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި މެޗުބަލަން ތިބި ބަޔަކު ދަނޑަށް އަރައި ހަމަނުޖެހުން ހިންގާފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ބެލެނިވެރިންނަށް އިލްތިމާސްކޮށްފި އެވެ.
އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަނޑަށް އަރާ ރެފްރީއަށް ހަމަލާ ދިނުމަކީ ދަރިވަރުންގެ ކުރިމަތީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ކުޅިވަރުގެ ރޫހާ ހިލާފް ކަމެއްކަމަށެވެ.
އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗުގައި ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލް ކުޅެ، ކަލާފާނު 2-1 އިން މޮޅުވިއެވެ. އެ މެޗު ނިމުމުން ގުރައިދޫގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދީ ހަމަނުޖެހުން ހިންގި މަންޒަރު ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެއެވެ. މި ވިޮޑިއޯ އިން ފެންނަނީ ސްކޫލު އުމުރުގެ ދަރިވަރުން ވެސް ހަމަނުޖެހުމުގައި ބައިވެރިވި މަންޒަރެވެ.
[embed]https://twitter.com/MoEdumv/status/1623199677897412609[/embed]
ސްކޫލް ކުދިންގެ މުބާރާތެއްގައި އެފަދަ ކަމެއް ހިނގުމުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަދަ މަންޒަރުތައް ބެލެނިވެރިންނާއި ސަޕޯޓަރުން ވެސް ދަރިވަރުން ކުރިމަތީގައި ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަމުގައެވެ.
މިނިސްޓްރީ އިން ބުނީ މިފަދަ މުބާރާއް ތަކަކީ ކުޅިވަރުގެ ހުނަރު އިތުރުކުރުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާއި އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތް ތަކަކަށް ވާތީ މުބާރާތުގެ އެކި ހައިސިއްޔަތު ތަކުން ބައިވެރިވާ އެންމެންވެސް ރީތި ނަމޫނާ ދެއްކުމަށް އެދޭކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
